ގާނޫނީ ވަކީލު މަހުފޫޒު ސައީދު
ގާނޫނީ ވަކީލު މަހުފޫޒު ސައީދު
މަޝްހޫރު ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދަށް ޙަމަލާއެއް ދީފާނެކަން ދޭހަވާފަދަ ގޮތަކަށް މީސްމީޑީއާގައި އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޙްފޫޒަށް އިންޒާރު ދީފައިވަނީ، ޖާނަލިސްޓް ގަސަމް ކިޔާ ޓްވިޓަރ އެކައުންޓަކުން ކުރި ޕޯސްޓެއްގައެވެ. ނަމަވެސް މިހާރު އެޕޯސްޓް ވަނީ ޑިލީޓް ކޮށްލާފައެވެ.

އެކަމާ ގުޅިގެން މަހުފޫޒު ވިދާޅުވެފައިވަނީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރަށްވާ ކަމަށެވެ. ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ޖާއިޒު ސަބަބެއް ނެތް ކަމަށް މަޙްފޫޒް ވިދާޅުވެފައިވެއެވެ.

“އަޅުގަނޑަށް ފެންނަނީ އަދި އެދެނީވެސް ތިކަހަލަ އެއްވެސް ކަމެއް ހަމަ އެއްގޮތަކަށްވެސް ނުކުރެއްވުން.” އިންޒާރު ދިން މީހާއަށް ރައްދު ދެއްވަމުން މަޙްފޫޒް ވިދާޅުވިއެވެ.



މަޙްފޫޒަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، މިމައްސަލަ ކުށްވެރިކޮށް، ސިރީއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމަށް ގިނަ ޢަދަދެއްގެ ޢާއްމުން ދަނީ މީސްމީޑިއާގައި ގޮވާލަމުންނެވެ.

މީގެކުރިން، 4 ސެޕްޓެންބަރު 2015 ގައިވެސް މަޙްފޫޒުގެ ބޮލަށް ދެ އިންޗި ފުންމިނަށް ވަޅިހަރައި ޒަހަމް ކޮށްލާފައިވެއެވެ. އަދި ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދިއެވެ. ނަމަވެސް އެ މައްސަލާގައި ދަޢުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން