ޙައްޖުވެރިން ޢަރަފާތު ބިމުގައި
ޙައްޖުވެރިން ޢަރަފާތު ބިމުގައި
މިއަހަރުގެ ޙައްޖު ޚުތުބާ 35 ބަހަކަށް ތަރުޖަމާކޮށް ވަގުތުން ދުރަށް ދައްކާނެ ކަމަށް ދެ ހަރަމުގެ ކަންކަން ބަލަހައްޓާ ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ. އަބްދުލްރަހްމާން އަލް-ސުދައިސް ވިދާޅުވީ، މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަސް މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް މި އަހަރުގެ ހައްޖު ހުތުބާ ވަގުތުން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ހަމައެއާއެކު ޚުތުބާ ދުރަށް ދެއްކުމަށް، މީސްމީޑިޔާ އާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައިވާއިރު، ހުތުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެ ކަމަށާއި، އިންޓަނެޓާއި، މީސްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުން ވެސް މި ހުތުބާ ބެލޭނެ ކަމަށް ޝައިޚް ޑރ. އަބްދުލްރަހްމާން އަލް-ސުދައިސް ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ވަދާއީ ޚުތުބާ ދެއްވި މާތް މަގާމުފުޅުގައި ގާއިމްކޮށްފައިވާ ނަމިރާ މިސްކިތުގައި މިއަހަރުގެ ހައްޖު ޚުތުބާ ދެއްވާނީ ހަރަމްފުޅުގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދެވެ.

35 ބަހަކުން ޙައްޖު ޚުތުބާ ތަރުޖަމާކޮށް ދުރަށް ދެއްކުމަށް ހަމަޖެހިފައިވާއިރު ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި މަޑުކުރުމަށްޓަކައި ދެ މިލިއަނަށް ވުރެ ގިނަ ހައްޖާޖީން ގަދަ ހޫނުގައި އަރަފާތުގެ މާތް ބިމަށް ވަނީ ޖަމާވެފައެވެ.

މިއަދު އިރު އޮއްސުމުގެ ކުރިން ކޮންމެ ހައްޖުވެރިއަކުވެސް އަރަފާތުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރަން ޖެހޭނެ އެވެ. އެހެން ނޫންނަމަ ހައްޖެއް ނުލިބޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން