ޑޮނަލްޑް ޓްރަމްޕް އާއި ދެކޮޅަށް އީލަން މަސްކް ނިކުމެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނުފެންނާނެކަމަށް ބުނެ މަސްކް އަށް ޓްރަމްޕް އިންޒާރެއް ދެއްވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޓެކް ބިލިއަނަރ، އީލަން މަސްކް އާއެކު އޮތް ގާތްގުޅުން ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދިނުމަށްފަހުއެވެ.
ހޮނިހިރު ދުވަހު އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލަން މަސްކާއެކު ގުޅުން ރަނގަޅު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އީލަން މަސްކް އާއެކު އޮތް ގާތްގުޅުން ނިމިއްޖެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން "އާނ، އަހަރެން ގަބޫލުކުރާނީ އެހެން ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން ގާތްކޮށް އުޅުނު ޓްރަމްޕް އަދި އީލަން މަސްކްގެ ގުޅުން ފަނޑުވެގެން ދިޔައީ ޓްރަމްޕްގެ "ބިގް ބިއުޓިފުލް ބިލް"ގެ ނަމުން ތައާރަފްކޮށްފައިވާ ސަރުކާރުގެ ޓެކްސް އެންޑް ސްޕެންޑިންގ ބިލަށް މަސްކް ފާޑުވިދާޅުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ޓްރަމްޕްގެ ބިލަކީ އެމެރިކާގެ ޑެފިސިޓް އިތުރުކުރާނެ ނުރައްކާތެރި ބިލެއްކަމަށް ބުނެ މަސްކް ވަނީ ފާޑުކިޔާފަ އެވެ. އަދި ޓްރަމްޕަކީ ކުރީގެ ފައިނޭންޝިއަރ އަދި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޖަލަށްލި ޖެފްރީ އެޕްސްޓައިން އާއި ގުޅުން ހުރި މީހެއް ކަމަށް އީލަން މަސްކް ތުހުމަތު ކޮަށްފައިވެ އެވެ. ނަމަވެސް މަސްކް ވަނީ ޓްރަމްޕަށް މި ތުހުމަތު ކޮށް ކުރި ޓްވީޓް ޑިލީޓްކޮށްފަ އެވެ.
މަސްކް ގެ ޓްވީޓަށް ރައްދު ދެއްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ޓްރަމްޕް ވަނީ މާސްކް އަކީ "މޮޔަ" އެއް ކަމަށް ވިދާޅުވެ، މަސްކްގެ ކުންފުނިތަކާ އެކު ހަދާފައިވާ ފެޑެރަލް ކޮންޓްރެކްޓްތައް ބާތިލް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ދެފަރާތުގެ ބަހުގެ ހަމަލާތަކާއެކު، ޓްރަމްޕް ވަނީ އަންނަ އަހަރު އޮންނަ އިންތިހާބުގައި، އިދިކޮޅު ޕާޓީ އަށް މަސްކް ތާއީދު ކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ނުފެންނާނެ ކަމަށްވެސް ވިދާޅުވެ އިންޒާރުދެއްވާފައެވެ.
ޓްރަމްޕް އަދި މަސްކްގެ ގުޅުން މިހާރު ހީނަރުވިނަމަވެސް، މަސްކް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ކެމްޕޭނަށް އެތައް މިލިއަން ޑޮލަރެއް ހަދިޔާކޮށްދީފައެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ޓްރަމްޕް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީގެ ވެރިޔާގެ މަގާމު އިލަން މަސްކްއަށް އަރުވާފައެވެ. މަސްކް މިމަގާމުގައި ހުރީ ކުރު މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު