ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީން ކުރާ މަސައްކަތްތަކަށް މުވައްޒަފުން ނެގުމުގައި އަބަދުވެސް އިސްކަން ދެނީ ދިވެހިންނަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ކުރާ މަސައްކަތްތަކަށް އެރަށެއްގައި ތިބި ހުނަރުވެރި ދިވެހި މަސައްކަތްތެރިން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ އާރުޑީސީން ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓުތަކުގައި ހުނަރުވެރި އަދި ދެވަނަ ފަންތީގެ މަސައްކަތްތެރިންގެ ބޭނުން ޖެހޭކަމަށެވެ. އެހެންކަމުން މިފަދަ މަސައްކަތްތެރިން ހޯދުމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ކޮންމެ ރަށަކުންވެސް މުވައްޒަފުން ނެގުމުގައި އެންމެ ފުރަތަމަ ބަލަނީ އެ ރަށަކުން ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ލިބޭތޯ ކަމަށާއި، އޭގެ ތެރޭގައި ވަޑާންކުރާ މީހުންނާއި، ޓައިލްސްމަނުންނާއި، އުވަޖަހާ މީހުންނާއި، ސިމެންތި ޖަހާ މީހުން ހިމެނޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
މިފަދަ ހުނަރުވެރި ދިވެހި މަސައްކަތްތެރިން މިހާރު ރަށްރަށުން ލިބެމުންދާ ކަމަށާއި، އެ މަސައްކަތްތެރިންގެ އެހީގައި ޕްރޮޖެކްޓުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭ ކަމަށް ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު