ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ މިއަދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވާއިރު، ބެންގަލޫރު މަގުން ރާއްޖެއަށް އައި ފްލައިޓަކުން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން ރޭ ވަނީ އަތުލައިގެންފައެވެ. ކަސްޓަމްސުން ބުނީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާގެ މި މަސްތުވާތަކެތި ފޮރުވާފައިހުރީ، ޕްލާސްޓިކް ގަސްޕޮޓް ތަކެއްގައި ކަމަށެވެ.

އެކަމާ ގުޅިގެން ދިޔާނާ ވިދާޅުވީ، ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދާހިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންގެ އިރުޝާދުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރޭގެ އޮޕަރޭޝަންގައި ޙަރަކާތްތެރިވި ހުރިހާ އޮފިސަރުންނަށް ދިޔާނާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



ދިޔާނާ މިހެން ވިދާޅުވެފައިވާއިރު، ރޭގެ އޮޕްރޭޝަނާއި ގުޅިގެން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު އަރާހަމަކުރާނެ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެހެން ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެފަދަ މީހުން ހޯދާ ހައްޔަރުކޮށް އެ ވިޔަފާރިތައް ވެސް ހުއްޓުވާނެ ކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން