ލެސްޓާ ސިޓީ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗްގެ ތެރެއިން
ލެސްޓާ ސިޓީ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗްތައް ލެސްޓާ ސިޓީ އާއި، އެވަޓަން ކާމިޔާބުކޮށްފިއެވެ.

ރޭ ވެސްޓް ބްރޮމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލެސްޓާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 56 ވަނަ މިނެޓްގައި ޑެނިސް ޕްރާޓްގެ އެހީއާއެކު މެޗުގެ ފުރަަތަމަ ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ކަސްޓާންޔޭއެވެ. ލެސްޓާއިން ކާމިޔާބު ކުރި އަނެއް ދެ ލަނޑުވެސް ލިބުނު ޕެނަލްޓީތަކުން ލެސްޓާއަށް ކާމިޔާބު ކޮށްދިނީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑުޖެހި ޖޭމީ ވާޑީ އެވެ.

ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗު އެވަޓަން އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓް ގައި ލޫކަސް ޑީނިއޭ ހުރަސްކޮށްދިން ބޯޅައަކުން އެވަޓަނަށް ކާމިޔާބު ކޮށްދިނީ ޑޮމިނިކް ކަލްވެޓް-ލެވިންއެވެ. މި މެޗުން އެވަޓަން މޮޅުވެ އައު ސީޒަންގެ ފެށުން ރަނގަޅު ކުރިއިރު މިއީ 2012 ވަނަ އަހަރަށް ފަހު އެވަޓަން ޓޮޓެންހަމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރާއްޖެ ގަޑިން 22:00 ގައި ޝެއްފީލްޑް ނުނައިޓެޑް އާއި ވޯލްވަރހެމްޓަން ބައްދަލުކުރާއިރު، ދަންވަރު 00:15 ގައި ޗެލްސީ ނިކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން