ޕީއެސްޖީ އާއި މާސެލް ބައްދަލު ކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އާއި މާސެލް ބައްދަލު ކުރި މެޗުގެ ތެރެއިން
ފްރެންޗް ލީގް ވަންގައި ޗެމްޕިއަން ޕީއެސްޖީ އާއި މާސެލް ބައްދަލު ކުރި މެޗު އެކެއް ސުމަކުން މާސެލް ކާމިޔާބު ކޮށްފިއެވެ.

ޖުމްލަ ފަސް ރަތް ކާޑު ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ހިނގި ހަމަނުޖެހެމުގެ ތެރެއިން ވަނީ ހަތަރު ރަތް ކާޑު ފެނިގެން ގޮސްފައެވެ. އެގޮތުން ބްރެޒިލްގެ ތަރި ނޭމާ އަށް ވަނީ މާސެލްގެ ޑިފެންޑަރ ގޮންޒަލޭޒް އަށް ނަސްލީ ގޮތުން ދިމާ ކުރުމުގެ ސަބަބުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މީގެ އިތުރުން ދެން ޕީއެސްޖީގެ ރަތްކާޑު ދައްކާފައި ވަނީ ޑިފެންޑަރ ކުރުޒަވާ އަދި ޑެނިއަލް ޕެރެޑެސް އަށެވެ. އަދި މީގެ އިތުރުން މާސެލްގެ ޖޯޑަން އަމާވީ އާއި ޑާރިއޯ ބެންޑެޓޯ އަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނެޓް ގައި ޑިމިޓްރީ ޕަޔެޓްގެ އެހީތެރި ކަމާއިއެކު މާސެލް އަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ތައުވީ އެވެ.

މި މެޗަށް ފަހު ނޭމާ އާއި މާސެލްގެ ޑިފެންޑަރު ގޮންޒާލޭޒް އާއި ވަނީ ސޯޝަލް މީޑިއާ ގައި ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައެވެ. އެގޮތުން ނޭމާ ވަނީ ޓްވިޓާގައި އޭނާގެ ހަމައެކަނި "ރިގްރެޓް" އަކީ ގޮންޒާލޯގެ މޫނުގައި ނުޖެހުން ކަމުގައި ބުނެފައެވެ. މި ޓްވީޓަށް ރައްދުދެމުން ގޮންޒާލޯ ބުނީ ފުޓުބޯޅައިގައި އެއްވެސް ނަސްލީ ތަފާތުވުމެއް އޮވެގެން ނުވާނެ ކަމަށާއި ބައެއް ފަހަރު ދަނޑުގައި ބަލި ގަބޫލުކުރަން ޖެހޭނޭ ކަމަށެވެ.

މި ސީޒަންގައި ޕީއެސްޖީ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، އެޓީމް ހަމައަކަށް އެޅުމަށް ވަގުތު ބޭނުންވާކަމަށް ޓީމްގެ ކޯޗް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން