މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދް ޒިލާލަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި ވަނިކޮށް، ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ބުނީ ރައުދުގެ މައްޗަށް ކުރެވުނު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން މިހާރު ވަނީ ރައުދުގެ މައްޗަށް ދައުވާ އުފުލާފައެވެ. އެގޮތުން ޕީޖީ އޮފީހުން ބުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 4:54 އެހާކަށްހައިއިރު ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، ރައުދު އެހީތެރިވެދީފައި ނުވާކަމަށާއި، އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައުދުގެ މައްޗަށް އުފުލާފައިވަނީ ވެއްޓުނު ޔުމްނުއާއެކު އެވަގުތު ހުރެ، އޭނާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާއެވެ.
ޕީޖީ އޮފީހުން ބުނީ މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު