އިންފޮމޭޝަން ކޮމިޝަނަރު، އައިކޮމް އޮފީހުގެ އާ އިމާރާތެއް ހޯދައި އެތަނަށް މުވައްޒަފުން ނެރެވޭ ވަރު ވާނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރ، އަހުމަދު އާހިދު ވިދާޅުވެއްޖެއެވެ.
އައިކޮމް އޮފީސް ކުރިން ހިންގަމުންދިޔަ އިމާރާތުގެ ހާލަތު ގޯސްވެ، އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރަން ފެށީ މިއަހަރު މެއި މަހުގައެވެ.
އަދި އެފަހުން ވަނީ އައިކޮމް އަށް އައު އޮފީހެއް ހޯދަން އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އާހިދު ވިދާޅުވީ އިއުލާނުގެ ދަށުން ހުށަހެޅި ތަނެއްގެ ކޯޓޭޝަން މިހާރު ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ފިނޭންސުން އެތަން އެޕްރޫވް ކޮށްފައިވާ ކަމަށާއި ދެންހުރި ކަންކަން ހަމަޖެހުމުން އޮފީސް އިމާރާތް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އާ އޮފީހަށް އިމާރާތް ބަދަލުކޮށް، ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތައް އޮގަސްޓުމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އާހިދު ވިދާޅުވިއެވެ.
މީގެ ކުރިން އައިކޮމް އޮފީސް ހުރި ގ. ބިއްލޫރިޖެހިގެއަކީ 70 އަށް ވުރެ ގިނަ އަހަރު ވެފައިވާ އިމާރާތެކެވެ. އެތަނުގެ ހާލަތު ގޯސްވެ، މައްސަަލަތައް ހައްލު ކުރަން ހަތް ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ކަމަށް މީގެ ކުރިން އައިކޮމް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު