މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގަައި ބުނީ ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓަރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ޓޯ ކުރާ އުޅަނދުތައް ދޫކުރަން ފަށާނީ ޓޯ ކުރާތާ 48 ގަޑިއިރު ފަހުން ކަމުގައި ވެސް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އުޅަނދުތައް ޕާކް ކުރަން ކަނޑައެޅިފައިވާ ޒޯންތަކުގައި ޕާކްކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުންދޭ އެއްބާރުލުން ފާހަގަކޮށް ފުލުުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު