އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އީރާނުގެ ސިފައިންގެ ބްރާންޗެއް ކަމަށްވާ އިސްލަމިކް ރިވޮލިއުޝަނަރީ ގަރޑް ކޯޕްސް، އައިއާރުޖީސީގެ ޗީފް މަރާލުމާ ގުޅިގެން އައިއާރުޖީސީގެ ވެރިޔާ (ޗީފް އޮފް އިންޓެލިޖެންސް)ގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް މާޖިދު ޚަދޭމީ އައްޔަންކޮށްފި އެވެ.
މިކަން އިއުލާން ކޮށްފައިވަނީ އީރާނާގެ ރަސްމީ ނޫސް އެޖެންސީން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އައިއާރުޖީސީގެ ވެރިޔާ (ޗީފް އޮފް އިންޓެލިޖެންސް)ގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް މާޖިދު ޚަދޭމީ އައްޔަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އީރާނަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އައިއާރުޖީސީ ގެ ޗީފް އަދި ދެ ނިއުކްލިއާ ސައިންސްވެރިން މަރާލުމާ ގުޅިގެންނެވެ.
އީރާނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި މި ހަމަލާ ތަކަކީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓަރީ ތަންނަށް އަމާޒުކޮށް ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. "ރައިޒިންގ ލަޔަން" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަންގައި ވައިގެ ބޮޑެތި ހަމަލާތަކެއް ހިމެނޭއިރު މިހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށެވެ.

ކިޔުންތެރިންގެ ހިޔާލު