އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާތަކަށް އިނގިރޭސިވިލާތުން ތާއީދު ކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކީއަރ ސްޓާރމަރ ވިދާޅުވީ މި އަސްކަރީ ހަރަކާތްތަކާހުރެ، ތެހެރާނުގެ ނިއުކްލިއަރ މަޤްޞަދުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ކުޑަވެފައިވާ ކަމަށެވެ.
ބޮޑުވަޒީރު ސްޓާރމަރގެ ޕޯސްޓުގައި ވަނީ ނިއުކްލިއަރ ހަތިޔާރު ނުފެތުރުމަށް އިނގިރޭސިވިލާތުން ދަމަހައްޓާ ސާބިތު މަޤާމުގެ މައްޗަށް ބާރުއަޅުއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުގެ އެންމެ އިސް އެއް އަސާސަކީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުން ކަމަށެވެ. އަދި އެމެރިކާއިން ދިން ހަމަލާތަކަށް ތާއީދުކުރައްވަމުން، ބޮޑުވަޒީރު ސްޓާރމަރ ވަނީ އީރާނަށް ސުލްޙަވެރި މަޝްވަރާތަކަށް އަނބުރާ އައުމަށް ހިތްވަރުދެއްވާފައެވެ.
މެދުއިރުމަތީގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށާއި، ސުލްޙަވެރި ހައްލަކުން ނޫނީ ސަރަހައްދަށް އިތުރު ހަމަޖެހުން ނުގެނެވޭނެ ކަމަށް ބޮޑުވަޒީރު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ޑިޕްލޮމެޓިކް އަދި ސުލްހަވެރި ގޮތެއް ހޯދުމަށް މަޝްވަރާ މޭޒަށް އެނބުރި އައުމަށް ބޮޑުވަޒީރު ވަނީ އީރާނަށް ގޮވާލާފައެވެ.
އީރާމުގެ އޮފިޝަލުން ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ހަމައެކަނި ސިވިލް އަދި ސުލްހަވެރި މަޤްޞަދުތަކަށް ކަމަށެވެ. އޭގެ ތެރޭގައި ހަކަތަ އުފެއްދުމާއި، މެޑިކަލް ދިރާސާތައް ހިމެނޭ ކަމަށް އެ ގައުމުން ދަނީ ބުނަމުންނެވެ.
އަދި އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ދަށުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށްވެސް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު