ޗައިނާގެ އެމްއެފްއޭ-
ޗައިނާގެ އެމްއެފްއޭ-
އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ޓާގެޓުކޮށް އެމެރިކާއިން ދިން ހަމަލާތައް، ޗައިނާއިން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އައި.އޭ.އީ.އޭގެ ބެލުމުގެ ދަށުގައިވާ އިރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ އ.ދ.ގެ ޗާޓަރުގެ މަޤްޞަދުތަކާއި އުޞޫލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާ ވަރަށް ބޮޑަށް ޚިލާފު ކަންތައްތަކެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ގޮސްފައިވާ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

މި ހަނގުރާމަތައް ހުއްޓާލުމަށް މެދުއިރުމަތީގެ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް، އަދި ހާއްސަކޮށް އިޒްރޭލަށް ޗައިނާއިން ވަނީ ގޮވާލާފައެވެ.

އަދި ވީހާވެސް އަވަހަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސުލްހައިގެ މަޝްވަރާތަކާއި ވާހަކަދެއްކުންތައް ފެށުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ.

މެދުއިރުމަތީގައި އަމާންކަމާއި ހަމަޖެހުން އަލުން ޤާއިމުކޮށް، އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް ޗައިނާއިން ވަނީ ހާމަކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން