ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޕަބްލިކް ސާވަންޓުންނަކީ ހެޔޮވެރިކަމުގެ ތަނބުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ ޕަބްލިކް ސާވިސް ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމުގެ ތަނބުތައް ކަމަށެވެ. ހަމައެއާއެކު ޕަބްލިކް ސާވަންޓުންނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން، ރައީސް ވަނީ، ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި، އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައެވެ.



ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23ވަނަ ދުވަހު ފާހަގަކުރާ އދ. ގެ ޕަބްލިކް ސާވިސް ދުވަހާއި ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ޕަބްލިކް ސަރވިސް ފޯރަމެއް ބާއްވައެވެ.

އެގޮތުން، މި އަހަރުގެ ޕަބްލިކް ސަރވިސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާނުގެ ސަމަރކާންޑުގައެވެ. މި ފޯރަމުގެ ޝިއާރަކީ، “2023 އަށް 5 އަހަރު: ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޕަބްލިކް ސާވިސްގެ ޑެލިވަރީ އަވަސްކުރުން” މިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން