ކެމްބޯޑިއާގެ ނޮން ރެސިޑެންޓް ސަފީރު ފަތްކޮޅު އެރުވުން
ކެމްބޯޑިއާގެ ނޮން ރެސިޑެންޓް ސަފީރު ފަތްކޮޅު އެރުވުން
12 ޤައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުންނާއި، ނޮން-ރެސިޑެންޓް އެމްބެސެޑަރުންނާއި، ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

މިއަދު ރައީސަށް ފަތްކޮޅު އަރުވާފައިވާ ސަފީރުންގެ ތެރޢގައި، ޕެރެގުއޭ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ފްލެމިންގް ރައުލް ޑުއާޓް ރާމޯސް އާއި، ސައިޕްރަސް އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު އީވާގޮރަސް ރިޔޮނައިޑްސް އާއި، ސްޕެއިން އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ޖުއާން އެންޓޯނިއޯ މާޗް ޕުޖޯލް އާއި، މިސްރުން ކަނޑައެޅުއްވި އެމްބެސެޑަރު އާދިލް އިބްރާހިމް ހިމެނެއެވެ.

ހަމައެއާއެކު އީރާނުން ރާއްޖެއަށް ކަނޑައެޅުއްވި އެމްބެސެޑަރު އަލީ ރިޒާ ދެލްކޯޝް އާއި، ގިނީ އިން ކަނޑައެޅުއްވި އެމްބެސެޑަރު ކޯންޓޭ އަލާސާނެ އާއި، ކެންޔާ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު ޕީޓަރ މުންޔީރީ މައިނާ އާއި، ނޯވޭ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު މޭ-އެލިން ސްޓީނަރ ވެސް ވަނީ އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައެވެ.

އޭގެއިތުރުން ކެމްބޯޑިއާ އިން ކަނޑައެޅުއްވި އެމްބެސެޑަރު ރާތު މެނީ އާއި، ތަޖިކިސްތާނުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ލޫކްމޯން ބޮބޮކަލޮންޒޮޑާ އާއި، އަލްޖީރިއާ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ޑރ. އަބްޑެނޯރް ޚެލީފީ އާއި ނޭޕާލުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ޑރ. ޕޫރްނާ ބަހާދޫރް ނޭޕާލީގެ ސަފީރުކަމުގެ ފަތްކޮޅުވެސް ރައީސަށް މިއަދު އަރުވާފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި 12 ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރަށްވައި، އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން