އިއްޔެ އެކަނިވެސް މާލެއިން 74 އުޅަނދު ޓޯކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެ މާލޭގެ މަޖީދީ މަގުން 18 ސައިކަލާއި ދެ ބައިސްކަލު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި މާލޭގެ ބޮޑުތަކުރުފާނު މަގުން 54 ސައިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.
މާލޭގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރާ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުން ދަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުންނެވެ. އެގޮތުން ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުވެސް ފުލުހުން ވަނީ މަޖީދީ މަގުން އެކަނި ވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 42 އުޅަނދެއް ޓޯކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު