ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނަށް މެމްބަރުން ހޯދަން އިއުލާން ކޮށްފައިވަނީ ދެ މެމްބަރުންގެ މުއްދަތު ހަމަވެ މެންބަރުކަމުގެ ދެ މަގާމު ހުސްވާތީއެވެ. އެގޮތުން މެންބަރުކަމުގެ ދައުރު އަންނަ ސެޕްޣެމްބަރު މަހު ހަމަވާ ދެ ބޭފުޅުންނަކީ މުއުމިނާ އަދި ޝިފާއަތު ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ ނުވައެއްވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމް މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު