އަހުޒަމް އަޙްމަދު   25 ޖޫން 2025 - 11:28
އާރުޓީއެލްގެ ހިދުމަތްދޭ ލޯންޗުތަކެއް
އާރުޓީއެލްގެ ހިދުމަތްދޭ ލޯންޗުތަކެއް
ރ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް މާދަމާ ފަށަން ނިންމައިފި އެެވެ.

އެ ހިދުމަތް ދޭ އެމްޓީސީސީން މިއަދު ބުނީ އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި މާދަމާއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ދޭނީ ހިލޭ ކަމަށެވެެ.

އެއަށް ފަހު އަންނަ މަހުގެ ތިނަކުން ފެށިގެން ޓިކެޓް ނަގައިގެން ހިދުމަތް ލިބޭނެކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ރ. އަތޮޅާއެކު އާރުޓީއެލްގެ ހިދުމަތްދޭ އަތޮޅުތަކުގެ އަދަދު 10އަކަށް އަރާނެ އެވެ. އޭގެ ތެރޭގައި ހއ., ހދ., ށ., ނ., ޅ., ގއ., ގދ., ފުވައްމުލައް އަދި އައްޑޫ ހިމެނެ އެެވެ.



އެމްޓީސީސީން ދަނީ އިތުރު އަތޮޅުތަކަށް އާރުޓީއެލް ފަށަން ތައްޔާރުވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު