އެމެރިކާގެ ރައީސް-
އެމެރިކާގެ ރައީސް-
އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިނުމުގެ ކުރިން އީރާނުން އިންޒާރު ދިނުމާ ގުޅިގެން އެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތައުރީފް ކުރައްވައިފިއެވެ.

ނޭޓޯ ސަމިޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ ހަމަލާ ދިނުމުގެ ކުރިން އީރާނުން އިންޒާރު ދިން ކަމަށާއި، ހަމަލާ ދޭނެ ގަޑިވެސް އެންގި ކަމަށެވެ. އެހެންވެ މިސައިލު ހަމަލާއެއް އަންނާނެ ކަން އެނގުނު ކަމަށާއި އެކަމަށް ތައްޔާރުވާން އެނގުނު ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އެޅުނު ކަމަށާއި، ގިނަ ބަޔަކު ހަމަލާއިން ސަލާމަތް ކުރެވުނު ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު ވިދާޅުވީ އީރާނުން ފޮނުވި މިސައިލުތައް، އެމެރިކާގެ އަސްކަރިއްޔާގެ އިކުއިޕްމެންޓުތައް ބޭނުން ކޮށްގެން ނައްތާލެވުނު ކަމަށެވެ.

އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ. އަދި މި ހަމަލާތަކަށް އީރާނުންވެސް ވަނީ ވަރުގަދަ ރައްދު ދީފައެވެ.

އަދި މިހާރު މެދުއިރުމަތީގެ މަސްލަހަތައްޓަކައި ހަމަލާތައް ހުއްޓާލާފައި ވިނަމަވެސް، އަދިވެސް މި ދެ ގައުމުން ހަމަލާތައް ބަދަލު ކޮށްފާނެ ކަމުގެ ބޮރު އެބަ އޮތް ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން