ޗައިނާ-އިންޑިއާ ބޯޑަރު މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އިންޑިއާއިން ގޮވާލައިފިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ މިފަދައިން ވިދާޅުވެފައިވަނީ ޗައިނާގެ ޗިންގްޑާއޯގައި ބުރާސްފަތި ދުވަހު ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގެ ސައިޑްލައިނުގައި ކުރިއަށްދިޔަ ޗައިނާގެ ޑިފެންސް މިނިސްޓަރ ޑޮންގް ޖޫންއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިބައްދަލުވުމުގައި 2020 ވަނަ އަހަރު ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމާ ގުޅިގެން ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަށް ސިންގ އެދިވަޑައިގެންނެވިއެވެ. އަދި މަސްލަހަތައްޓަކައި ދެގައުމުގެ ދެމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ސްޓްރަކްޗަރޑް ރޯޑްމެޕެއް އެކުލަވާލައި، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ސިންގ ފާހަގަކުރެއްވި އެވެ.
އިންޑިއާ އަދި ޗައިނާ ދެގައުމު ގުޅޭ ސަރަހައްދުގައި 3،800 ކިލޯމީޓަރުގެ ބޯޑަރެއް ދެގައުމުން ޝެއަރ ކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިސަރަހައްދުގައި ދެގަައުމުގެ މެދުގައި އެތައް ޒަމާނެއްވެ، ހައްލު ނުކުރެވި ދިގުދެމިލައިގެންގޮސްފައިވާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް އަދި ނުލިބެއެވެ. އަދި މިހަމަނުޖެހުންތައް ގޯސްވެ، ދެފަރާތުން ބޯޑަރު ސަރަހައްދުގައި ހޫނު ހަމަލާތައް އެތައް ފަހަރެއްގެ މަތިން ބަދަލުކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ހިންގި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން އިންޑިއާގެ 20 ސިފައިން އަދި ޗައިނާގެ 4 ސިފައިން މަރުވެފައިވެއެވެ.
2020 ވަނަ އަހަރު ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމާ ގުޅިގެން ހިނގަމުންދިޔަ މައްސަލަތައް ސުލްހަކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެ ފަރާތުން ވެސް އެއްބަސްވިއެވެ. ނަމަވެސް، ދެގައުމުގެ ގުޅުންތައް ބިނާވެފައި ވަނީ ބޯޑަރު ސަރަހައްދުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓެވުމުންކަމަށް އިންޑިއާގެ ސިންގް ތަކުރާރުކޮށް ވިދާޅުވިއެވެ.
ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުން ކުރިއަށްގޮސްފައިވަނީ، މި ބައްދަލުވުމުގެ ބައިވެރި ގައުމު ތަކުގެ އިސްވެރިން ބައްދަލުކުރުމުގެ ކުރިންނެވެ. 10 ގައުމު ހިމެނޭ މި ގްރޫޕް ބައްދަލުވުންތަކުގައި އިންޑިއާ، ޗައިނާ، ރަޝިޔާ، ޕާކިސްތާން، އަދި އީރާންވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު