އީރާނުން ނިއުކްލިޔާ ޕްރޮގްރާމު ފަށައިފިނަމަ އަދިވެސް އެގައުމަށް ބޮން އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އިރާނުން އަދިވެސް ނިއުކްލިއާ ޕްރޮގްރާމް ފައްޓާނެ ކަމަށެވެ.
އަދި އިރާނުން ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ފަށައިފިނަމަ، އިތުރު ސުވާލެއް ނެތް ކަމަށާއި ނިއުކްލިއާ ސައިޓުތަކަށް ބޮން އަޅާނެ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕު އިތުރަށް ވިދާޅުވީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ބޮން އެޅި އިރު އެސައިޓުތަކުގައި ހުރިހާ އެއްޗެއް ހުރި ކަމަށާއި ބޮން އެޅުމުގެ ސަބަބުން ސައިޓުތައް ހަލާކުވެފައިވާ ކަމަށެވެ.
އަދި އިރާނުން ނިއުކްލިއާ އަށް އަލުން ދިއުމަށް ދުވަސް ނަގާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ހުއްޓާލަން ކަމަށް ބުނެ އެމެރިކާއާއި އިޒްރޭލުން ވަނީ އެގައުމުގެ ނިއުކްލިޔާ ސެންޓަރުތަކަށް ބޮމުގެ ހަމަލާ ދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު