މަރްޔަމް ނަހްދާ ވަޙީދު   29 ޖޫން 2025 - 16:1
ޑަބްލިއުޓީއޭގައި ރާއްޖެއަށް ލިބުނު އެވާޑުތަކާ ޝިއުރީ ހަވާލުވުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޑަބްލިއުޓީއޭގައި ރާއްޖެއަށް ލިބުނު އެވާޑުތަކާ ޝިއުރީ ހަވާލުވުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވޯލްޑް ޓްރެވެލް އެވާޑްސް (ޑަބްލިއުޓީއޭ) ,އިން ހޮވާ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފު ރާއްޖެއަށް ލިބިއްޖެއެވެ.

ޑަބްލިއުޓީއޭއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިހުތިރާމް ލިބިގެންވާ އެއް ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގައި ދޭ އެވޯޑުތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އިނާމުދިނުމެވެ.

މިފަހަރުގެ ޑަބްލިއުޓީއޭ އެވާޑް ޝޯގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ފާހަގަކޮށްލެވޭ ދެ ޝަރަފުވެރި އެވޯޑެއް ރާއްޖެއިން ވަނީ ހާސިލް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2025 އާއި އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2025 އެވެ.

މީގެ ތެރެއިން އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން އެވާޑަކީ 2020 އަދި 2024 ގައިވެސް ރާއްޖެއިން ހާސިލްކޮށްފައިވާ އެވޯޑެކެވެ. އަދި އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަކީ މިދިޔަ އަހަރު ވެސް ހޯދާފައިވާ އެވޯޑެކެވެ.

އިއްޔެ ބޭއްވި 'ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާ' ގައި ލިބުނު މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ މި އެވޯޑުތަކުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްސަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިދޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް މުހިންމު އެވޯޑުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން