4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅާށާއި 10 ރަށެއްގައި މިސްކިތްތަކާއި ކޮޅުއަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް އަޅަން ނިންމާފައިވާ ރަށްރަށުގައި އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވާކަމަށެވެ.
އޭގެ ތެރޭގައި އިސްލާމީ މަރުކަޒުތައް އަޅަން ނިންމާފައިވަނީ ށ. ފުނަދު އާއި ހއ. އިހަވަންދު އާއި ޅ. ނައިފަރާއި ގއ. ވިލިނގިލީގައެވެ.
މީގެ އިތުރުން 10 ރަށެއްގައި މިސްކިތް އިމާރާތްކުރަން ނިންމާފައިވާއިރު އެ ރަށްތަކަކީ، ރ. މީދޫ، އއ. މަތިވެރި، ކ. ގުޅި، އދ. ފެންފުށި، ފ. ފީއަލީ، ދ. ރިނބުދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާއެވެ.
އިއުލާނުގައި ބުނެފައިވަނީ، މި ކަންކަމަށް އެދި ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންން ކަމަށާއި އަދި ބިޑު ހުޅުވުން އޮންނާނީ ޖުލައި 17 ގެ މެންދުރު 11:00 ގައި ކަމަށެވެ.
އިސްލާމީ މަރުކަޒުތައް އެޅުމުގެ ބިޑުގެ ބިޑު ސެކިއުރިޓީގެ އަގަކީ 102،000ރ. އާއި 126،000ރ. އާ ދެމެދެވެ. އަދި މިސްކިތްތައް އެޅުމުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 40،000ރ. އާއި 102،000ރ. އާއެވެ.

ކިޔުންތެރިންގެ ހިޔާލު