މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑު ކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި މިއީ ޤާނޫނުގައިވެސް ހިމެނޭ ކަމެއްކަން ލުބުނާ ފާހަގަކުރެއްވިއެވެ.
ލުބުނާ ވިދާޅުވީ ބޭނުމަކީ އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫން ކަމަށެވެ.
ބޭނުމަކީ ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދިނުން ކަމަށް ލުބުނާ ވިދާޅުވިއެވެ. އަދި އެ މީހުންނަކީ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ކާމިޔާބުކަމާއެކު މުޖުތަމަޢުގައި އަލުން އުޅެވޭނެ ބައެއްގެ ގޮތުގައި ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 269 މީހުން ރިމާންޑަށް ނަގާފައިވާއިރު، އޭގެތެރެއިން 70 ޕަސެންޓް މީހުން ވަނީ ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައެވެ.
ރިމާންޑަށް ނެގޭ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތަކާއި ނަފްސާނީ ފަރުވާތައް ދެމުންދާކަންވެސް ލުބުނާ ފާހަގަކުރެއްވިއެވެ.
ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާއިރު، ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މަސައްކަތް ނިމުމުން އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.
އަދި ހުޅުމާލޭގައި ގާއިމުކުރަމުންދާ ރިމާންޑް ސެންޓަރުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް ލުބުނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު