ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުމުގެ މުހިންމުކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަ ކުރަށްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަންކަން ފާހަގަ ކުރެއްވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: "ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް" ގައި ތަޤުރީރު ކުރައްވަމުން ކަމަށެވެ.

އެގޮތުން ދުނިޔޭގެ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވަމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަޤީން ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުމަށް ނައިބުރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ޙައްޤު އިތުރުކުރުމާއި، ނިންމުންތައް ނިންމުމުގެ ޤަވާޢިދުތައް އިޞްލާޙު ކުރުމާއި، ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި، ދެފުށްފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި، މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން ހިމެނެއެވެ.

އޭގެއިތުރުން އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ޙައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިތުރު ދަރަންޏަކަށް ބަރޯސާނުވެ 'ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ' ނިޒާމެއް ގާއިމުކުރުމަށް ގޮވާލައްވައިފައެވެ. މީގެ އިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ، އެފްއެފްޑީ4 ކުރިއަށް ދަނީ ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ސްޕެއިންގެ ސެވީލްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން