ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޮޓާ، މަރުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ވެސް ވަނީ މަރުވެފައެވެ. މި އެކްސިޑެންޓް ވުމާއެކު ކާރުގައި އަލިފާން ރޯވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ކާރު އެކްސިޑެންޓެއްގައި ޖޮޓާ ކުއްލި ގޮތަކަށް މަރުވެފައިވާއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިންނެވެ. އޭނާ އަކީ 3 ކުދިންގެ ބައްޕައެކެވެ.
2020 ވަނަ އަހަރު ލިވަޕޫލަށް ޖޮޓާ ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮޓާ ވަނީ އެ ޓީމަށް 182 މެޗުން 65 ލަނޑު ޖަހައިދީ 26 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ޖޮޓާ ވަނީ މިއަހަރުގެ ނެޝަންސް ލީގު ކާމިޔާބު ކުރި ޕޯޗުގަލް ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު