ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ
ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ
ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހިމް ސައީދު 48އ. އެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އިބްރާހިމް ސައީދު ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން