ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ ސިވިލް ސަރވިސް ކޮމިޝަނުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލާ ފަރާތަކަކީ އުމުރުން 30 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް މި މަގާމަށް ކުރިމަތިނުލެވޭނެއެވެ.
ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ އަދި އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކަށްވެސް ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިނުލެވޭނެއެވެ. ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީވެސް މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތެކެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު