ގިނަ މީހުންނަށް ބޮލުގެ އިސްތަށިގަނޑު ރީތިވަނީ ދިގުވުމުންނެވެ. އިސްތަށިގަނޑު ރީތިވުމުން މީހާގެ ސިފަވެސް އިތުރަށް ފުރިހަމަވާ ކަމަށް ގިނަ މީހުން ދެކެއެވެ.
މިހެން މިކަން އޮތް ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރި އިސްތަށިގަނޑު ކޮށާލަން ޖެހޭ ސަބަބުތައް އާދެއެވެ. އަދި އޭގެ ސަބަބުން މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ކުޑަވެއެވެ. އަދި ވީހާވެސް އަވަހަށް އިސްތަށިގަނޑު ދިގުކުރަން ބޭނުންވެސް ވެއެވެ.
ތިރީގައި މި ހިމަނާލަނީ އަވަހަށް އިސްތަށިގަނޑު ދިގު ކުރަން ބޭނުންވާނަމަ ކުރަންވީ ކަންތަކެވެ.
ބޮލުގެ ހަންގަނޑު މަސާޖު ކުރުން
ބޮލިގެ ހަންގަނޑު މަސާޖު ކުރުމުން އިސްތަށީގެ ފޮލިކަލްތަކުގައި ލޭ ދައުރުވާ މިންވަރު ރަނގަޅުވެއެވެ. އަދި އިސްތަށިތަކަށް ލިބެންޖެހޭ ނިއުޓްރިއެންޓުތައް ލިބި، އަވަހަށް ދިގުވެއެވެ.
ޕްރޮޓީން ހިމެނޭ ބާވަތްތައް ކެއުން
އިސްތަށިތައް އުފެދިފައިވަނީ ކެރެޓެނިން ނަމަކަށް ކިޔާ ޕްރޮޓީން އަކުންނެވެ. އިސްތަށިގަނޑު އަވަހަށް ދިގު ކުރަން ބޭނުންވާނަނަ ކެއުމުގައި ޕްރޮޓީންގެ ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކެއުމުގައި ބިސް، އަދި ނަޓްސް ފަދަ އެއްޗެހި ހިމެނުމަކީ މުހިންމު ކަމެކެވެ.
ހަނޑޫ ފެން ބޭނުންކުރުން
ހަނޑުލު ފެނުން އިސްތަށިގަނޑު ދޮވެލުމުންވެސް އިސްތަށިގަނޑު އަވަހަށް ދިގުވާނެއެވެ. ހަނޑުލު ފެނަކީ އޭގައި އިސްތަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއްކަމުން މިއިން އިސްތަށިގަނޑު ދޮންނަނަމަ، އިސްތަށި ފެޅުން އިތުރުކޮށް، އިސްތަށިގަނޑު ވަރުގަދަވެސް ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު