މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނަވައި އެކަން އިޢުލާންކުރައްވާފައިވަނީ، ރައީސްގެ ޤަރާރަކުންނެވެ.
ރައީސްގެ ގަރާރުގައި ވަނީ، ކުންފުނީގެ ނަން ބަދަލު ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމުގެ މުހިންމުކަން އޮތުމުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމަށްކަމަށެވެ.
އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރައްވާފައި މިވަނީ އެ ކުންފުނީގެ ދަރަނި ބޮޑުވެ ހިންގުމަށް ދަތިވެފައިވާކަން ދާދިފަހުން ހާމަވެފައި ވަނިކޮށެވެ.
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ރައީސް ބަދަލު ކުރެއްވިއިރު "ވިޒިޓް މޯލްޑިވްސް"އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެ ކުންފުނިން ބޭނުންކުރާ ރަސްމީ ބްރޭންޑިންގެ ވެސް ނަމެވެ. އެ ބްރޭންޑްގެ ލޯގޯއަށް މިއަދު ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު