އެއަރ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ނިމުމަކާ ގާތައްވެސް އަދި ނާދޭކަމަށް އެއަރ އިންޑިއާގެ ސީއީއޯ ކޭމްޕްބެލް ވިލްސަން ވިދާޅުވެއްޖެއެވެ.
ހުސްވިމަހު ހިނގާދިޔަ މި ހާދިސާ އާއި ބެހޭގޮތުން އެއަރ އިންޑިއާގެ ސީއީއޯ ވިލްސަން މިއަދު ވިދާޅުވީ މިދިޔަ މަހު އިންޑިއާގެ އަހުމަދުއާބާދުގައި ހިނގާދިޔަ އެއަރ އިންޑިއާ ބޯޓު ވެއްޓުނު ނުރަައްކާތެރި ހާދިސާގެ ތަހުގީގު ނިމުމަކާ ގާތައްވެސް އަދި ނާންނަ ކަމަށެވެ. މިހެން ކަމުން މިހާދިސާ ހިނގާދިޔަ ގޮތުގެ ތަހުގީގާ ބެހޭގޮތުން އެކި ވާހަކަތައް އެކި ގޮތްގޮތައް ނުފެތުރުމަށް ވިލްސަން އިލްތިމާސްކުރެއްވިއެވެ،
މިކަމާ ބެހޭގޮތުން ބޭރުގެ މީޑިއާ ރޮއިޓާސްއަށް ފެނުނު އިންޓާނަލް މެމޯއެއްގައި، ހޮނިހިރު ދުވަހު އާންމުކުރި ކްރެޝް ރިޕޯޓާ ގުޅިގެން އިތުރު ހޯދުންތައް ހޯދުމަށް އެ އެއާލައިނުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިލްސަން ވިދާޅުވެފައިވެއެވެ.
އިންޑިއާ އިން ލަންޑަނަށް ދަތުރުކުރަން ޝެޑިއުލްކޮށްފައިވާ ބޮއިންގް 787 ޑްރީމްލައިނާ، އިންޑިއާއިން ފުރިތާ މާގިނައިރުތަކެއް ނުވެ ވެއްޓި ހިނގާދިޔަ މި ބިރުވެރި ހާދިސާގައި 260 މީހުން މަރުވެފައިވެއެވެ. މިއީ މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ހިނގާދިޔަ ދުނިޔޭގެ އެންމެ ނުރައްކާތެރި އޭވިއޭޝަން އެކްސިޑެންޓްގް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ބުނީ މަތިންދާބޯޓުގެ ތުރަސްޓު ގެއްލުނީ އިންޖީނުގެ ދެ ފިއުލް ކަޓޯފް ސްވިޗް ވެސް ގާތްގަނޑަކަށް އެއްފަހަރާ ޓްރިގަރވެ، އިންޖީނުތައް ފިއުލް އަށް ޖެހުމުން ކަމަށެވެ.
އިންޓާނަލް މެމޯގައި ފާހަގަކޮށްފައިވާ ގޮތުން، މިހާދިސާގެ ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން، ބޯޓުގެ އެއްވެސް މެކޭނިކަލް ނުވަތަ މެއިންޓެނަންސް ގޯހެއް ފެނިފައެއް ނުވެއެވެ. އަދި ކުރަން ޖެހޭ މެއިންޓެނަންސްގެ ހުރިހާ ކަމެއް ނިމިފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު