ރާއްޖޭގެ މީޑިޔާގައި މި ދުވަސްކޮޅު އެންމެ ބާރަށް ދެކެވެމުންދާ އެއްވާހަކައަކީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީގެ ވާހަކައެވެ. ބައެއް ފަރާތްތަކުން މި ކާގޯ ފެރީގެ ވާހަކަތައް ސިޔާސީ ނަޒަރިއްޔާތަކުން ގެނެސްދީ، މިކަމުގެ ޙަޤީޤީ މަންފާއާއި، ވިޔަފާރިތަކަށް ލިބޭނޭ އާރޯކަމުގެ މަންޒަރު ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައެވެ. މިއީ ހިތާމަހުރި ކަމެކެވެ. މި ކާގޯ ފެރީގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްރަށަށް އިޤްތިޞާދީ ގޮތުން އަންނާނެ އިންޤިލާބީ ބަދަލުގެ ވާހަކަ އެފަދަ ފަރާތްތަކުން ވަނީ ޤަސްދުގައި ނުދައްކައި ފޮރުވާފައެވެ. ބައެއް ފަހަރު އިސްތިޤްލާލްގެ ނަމުގައެވެ. ނުވަތަ މިނިވަންކަމުގެ ނަމުގައެވެ.
ކޯވިޑް-19 ގެ މިދަތި ދުވަސްވަރު ޚާއްސަކޮށް ޤައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައިވާއިރު ރާއްޖެއާއި އިންޑިއާއާއި ދެމެދު ކަނޑުމަގުން ކާގޯ ދަތުރުތަކެއް ފެށުމަށް ސަރުކާރުން ނިންމަވާފައިވަނީ ދިވެހި ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައެވެ. ވަޅުޖެހިފައިވާ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމުގެ މަތިވެރި ޢަޒުމުގައެވެ. އެކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކެރުންތެރިކަމަށް އައްސަރިބަހާއި ސާބަސް ޙައްޤެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ޖުމްލަ 4.47 ބިލިޔަން ދިވެހި ރުފިޔާގެ ތަކެތި އެތެރެކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބޭހާއި، ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓެވެ. 2019 ވަނަ އަހަރު މި ދާއިރާއިން 305 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެއީ ރާއްޖެއަށް އެތެރެކުރި މުދަލުގެ 55 އިންސައްތައެވެ. އޭގެ އިތުރުން 1.4 ބިލިޔަން ރުފިޔާއާއެކު ކާނާ އާއި ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތަކާއި ބުއިންތައް ރާއްޖޭގެ އިމްޕޯޓުގެ 18 އިންސައްތަ ޙިއްސާ ކުރެއެވެ. ތިންވަނަ އަށް އިންޑިއާއިން ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފޮތިފޭރާމާއި، ބޫޓާއި ފައިވާން ފަދަ ސާމާނެވެ. އެއީ އިންޑިޔާއިން ރާއްޖެއަށް އެތެރެކުރި މުދަލުގެ 14 އިންސައްތައެވެ.
2019 ވަނަ އަހަރު އިންޑިޔާއިން ރާއްޖެއަށް 615 މިލިޔަން ރުފިޔާގެ ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެތެރެކޮށްފައިވާއިރު، 300 މިލިޔަން ރުފިޔާގެ އެކަތަ އާއި އެލްމުނިއަމް ވެސް ވަނީ އެތެރެކޮށްފައެވެ. އަދި ހައިޖީން އާއި ކޮސްމެޓިކްސް އަދި ކްލީނިންގ އާ ގުޅޭ ތަކެތި އެތެރެކުރުމަށް 54 މިލިޔަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ތަފާސްހިސާބު ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެއިން އިންޑިޔާއަށް އެކްސްޕޯޓް ކޮށްފައިވަނީ 8 މިލިޔަން ރުފިޔާގެ މުދަލެވެ. އޭގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އުކާލާ މައުދަނުގެ ބާވަތްތަކެވެ.
މިވަގުތު އިންޑިޔާ އިން މުދާ އިމްޕޯޓު ކުރުމުގައި ޙަރަކާތްތެރިވަނީ ނިސްބަތުން މަދު ޢަދަދެއްގެ ބަޔެކެވެ. އެހެންކަމުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު މި ފަށާ ކާގޯ ފެރީގެ ޚިދުމަތާއެކު ގިނަ ބަޔަކަށް އިންޑިޔާއިން ފަސޭހެކަމާއެކު ތަކެތި އިމްޕޯޓްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ވިޔަފާރި ވެރިންނަށް މި ފުރުސަތު ތަނަވަސްވުމާއެކު ވިޔަފާރީގެ ވާދަވެރިކަން އުފެދި ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް މަގު ތަނަވަސް ވެގެން ދާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރަށްވައެވެ. ނަތީޖާއަކަށް ވެގެންދާނީ ވިޔަފާރިތަކުން މުދާގަންނަ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބި ގިނަ ފައިދާތަކެއް ލިބިގެން ދިއުމެވެ.
މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތަކުން ތިބީ އިންޑިޔާ ފެރީއާ ގުޅިގެން ދޭ ކާގޯ ޚިދުމަތުގެ ތަފްސީލުތައް ހޯދުމަށާއި ހެޔޮ އަގުގައި އަދި ޚަރަދު ކުޑަކޮށް އިންޑިޔާގެ އުފެއްދުންތައް ހޯދުމުގެ ޝައުޤުގައެވެ. ކާގޯ ފެރީގެ ޚިދުމަތާއެކު ފަހިވާ އެހެން ފުރުސަތުތަކާއެކު މިހާރު މައިގަނޑު ގޮތެއްގައި ޢާމްދަނީ ބެހިފައިވާ ގޮތްކަމުގައިވާ މާލެ ސަރަޙައްދަށް ބޮޑަށް ބަރޯސާވެފައިވާ ޢާމްދަނީގެ ބޮޑު ބައެއް އުތުރު ސަރަޙައްދުގައި ޤާއިމުވެފައިވާ ވިޔަފާރިތަކުން ޙިއްސާކުރާގޮތަށް ބަދަލުވެގެންދާނެ ކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ލަފާކުރަށްވައެވެ. ޚާއްސަކޮށް ފަސިންޖަރުންގެ ފެރީގެ ޚިދުމަތް އިންޑިޔާއާ ރާއްޖެއާ ދެމެދު ޤާއިމްވުމުން ގެސްްޓްހައުސްގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް މަގު ތަނަވަސް ވެގެން ދާނެއެވެ.
މީގެ އިތުރުން ޢާއްމު ވިޔަފާރިތަކުން ތަކެތި އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަތައް ކުޑަވެ، ހެޔޮއަގުގައި ތަކެތި ލިބޭނެގޮތް ފަހިވެގެންދާނެއެވެ. އެކަމުގެ ސަބަބުން ގަނޑުކޮށް ބޮޑެތި ޢަދަދުތަކުން އިމްޕޯޓުކުރާ ފަރާތްތަކުން މި ފެރީގެ ޚިދުމަތަށް މުޅިން ބަރޯސާވުމަކީ ވަރަށް ގާތްކަމެކެވެ. ހަމައެއާއެކު ތާޒާމޭވާއާއި ތަރުކާރީގެ އަގުހެޔޮވުމާއި، ފެންވަރު ރަނގަޅު ތަކެތި ލިބުމަށް މަގުފަހިވުމާއި، ރީޓޭލްކޮށް ފޮތިފޭރާން ލިބޭ އަގު ހެޔޮވެގެން ދާނެކަމަށް ލަފާކުރެވެއެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ކާބަފައިން އިންޑިއާ އަށް ކަނޑުމަގުން ކުރި ދަތުރުތަކުގެ ތަޖުރިބާ މިއަދުގެ ޖީލުންވެސް ކޮށްލުމަށް މިއީ ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ދެން އޮތީ އެންމެ މުހިއްމު އެއް ނަތީޖާއެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ލާމަރުކަޒީ ތަރައްޤީގައި އުތުރުގެ އަތޮޅުތައް އިޤްތިޞާދީ ގޮތުން ކުރިއަރައި ސަރަޙައްދީ އައު ޕްރޮޖެކްޓްތައް އެ ސަރަޙައްދަށް އައުމަށް މަގު ފަހިވެގެން ދިއުމުގެ ޔަޤީންކަމެވެ. ކޯވިޑް-19ގެ ސަބަބުން އިނދަޖެހިފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޑިޔާގެ ފަތުރުވެރިންގެ ސަބަބުން އަންނާނެ މާ އުޖާލާ އުފާވެރި މުސްތަޤްބަލްގެ ޔަޤީން ކަށަވަރުކަމެވެ. އިންޑިޔާ ރާއްޖެ ފެރީގެ ސަބަބުން މުޅިރާއްޖެއަށް ލިބިގެންދާނެ އިޤްތިޞާދީ "ބޫސްޓްގެ" އުއްމީދީ ތަޞައްވަރެވެ.

ކިޔުންތެރިންގެ ހިޔާލު