މުރަނގަ ޕައުޑަރާއި ޗިއާ
މުރަނގަ ޕައުޑަރާއި ޗިއާ
އިސްތަށިގަނޑު ދިގު ކުރުމަށް ޒަމާނުއްސުރެ މީހުން ތަފާތު އެކި އެއްޗެހި ބޭނުން ކުރެއެވެ. ބައެއް މީހުން އެކިކަހަލަ ތެޔޮ އަދި ޓޮނިކުތައް ބޭނުން ކުރާއިރު، އަނެއް ބަޔަކު އަގުބޮޑު ޓްރީޓުމެންޓުތައް ބޭނުން ކުރެއެވެ. އަދި ވަރަށް ގިނަ މީހުން "ހޯމް ރެމެޑީ" ވެސް ބޭނުން ކުރެއެވެ. މިފަދަ އެއް ރެމެޑީއަކީ މުރަނގަ އަދި ޗިއާ ޝޮޓެވެ.

މުރަނގަ އާއި ޗިއާ އަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓުތައް ހިމެނޭ ބާވަތްތަކެވެ. އޭގެ ތެރޭގައި އަޔަން، ޒިންކު، އޮމެގާ 3، އަދި ތަފާތު އެކިކަހަލަ އެންޓި އޮކްސިޑެންޓުތައް ހިމެނެއެވެ. މި ބާވަތްތަކުގެ ސަބަބުން މި ބޭނުން ކުރުމުން އިސްތަށިތަކުގެ މޫތައް ވަރުގަދަކޮށް، އިސްތަށި ފެޅުން އިތުރު ކޮށްދެއެވެ.

މުރަނގަ އާއި ޗިއާ ސޮޓު ތައްޔާރު ކުރުމަށް ބޭނުންވާނީ 1 ސައިސަމުސާ މުރަނގަ ޕައުޑަރާއި، 1 ސައިސަމުސާ ޗިއާ ސީޑު އަދި 100 މިލިލީޓަރު ފެނާއި ލުނބޯ ހުތްކޮޅެކެވެ. މި ތައްޔާރު ކުރުމަށް މުރަނގަ އާއި ޗިއާ ފެނުގެ ތެރެއަށް އެޅުމަށްފަހު 10 މިނެޓު ވަންދެން ބަހައްޓާނީއެވެ. އެއަށްފަހު އޭގެ ތެރެއަށް ލުނބޯ ހުތްކޮޅެއްް އަޅައި ރަނގަޅަށް އެެއްކޮށްލާނީއެވެ. އަދި މި ޝޮޓު އިތުރަށް ފޮނިކުރަން ބޭނުންވާނަމަ އޭގެ ތެރެއަށް މާމުއިކޮޅެއް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

މި ބޭނުން ކުރުން އެންމެ ރަނގަޅީ ހެނދުނު ހޭލާގޮތަށް ހުސްބަނޑާ ހުރެއެެވެ. އަދި އެންމެ ރަނގަޅު ނަތީޖާއެއް ފެންނާނީ ކޮންމެ ހަފްތާއަކު ދެ ތިން ފަހަރު ބޭނުން ކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު