ފްރެންޗް ލީގުގައި ޕީއެސްޖީން މިސީޒަންގައި އެޓީމްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވީ ރޭ މެޓްޒް އާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޑިއާލޯ އަށް މެޗުގެ 65 ވަނަ މިނެޓުގައި ރަތް ކާޑު ދައްކައިފައި ވަނިކޮށް ދިހަ މީހުންނާ އެކު ކުޅެމުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗްގައިވެސް އެޓީމްގެ ތިން ކުޅުންތެރިންނަށް ރަތްކާޑް ދައްކާފައިވެއެވެ.
މި މެޗްގައި ޕީއެސްޖީން ކާމިޔާބުކުރި ހަމައެކަނި ގޯލް މެޗުގެ 93 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑްރެކްސްލާ އެވެ. މި މެޗުގައި އެމްބާޕޭ އާއި ކީޕަރު ނަވާސް އާއި މާކުއިނޯޒް ގެ އިތުރުން އިކާޑީ ވަނީ ކުޅެފައެވެ. މި ތިން ކުޅުންތެރިންނަކީ ކޮވިޑަށް ޕޮޒިޓިވް ވުމުން މިދިޔަ ދެ މެޗުގައިވެސް ނުކުޅޭ ކުޅުންތެރިންނެވެ. ޕީއެސްޖީން ވަނީ ޖުމުލަ ހަތް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެންމެފަހުން މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގެ ފަހު ވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ނޭމާގެ އިތުރުން ޕީއެސްޖީގެ ލެއަންޑްރޯ ޕަރޭޑޭސް އާއި ލަވިން ކުރްޒާވާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ނޭމާ އާއި ޕަރޭޑޭސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިއިރު، ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
މާސޭ މެޗުގައި ނޭމާ އަށް ރަތް ކާޑު ދެއްކީ މާސޭގެ ޑިފެންޑަރު ގޮންޒާލޭޒް ބޮލުގައި އަތުން ޖެހުމުންނެވެ. ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންނެވެ. މެޗަށް ފަހު ނޭމާ އެނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނަގެ މޫނުގައި ކަމަށެވެ.
ފާއިތުވި 8 ސީޒަނުން 7 ސީޒަންގެ ލީގު ޗެމްޕިއަން ޕީއެސްޖީ މިހާރު އޮތީ ޓޭބަލްގެ 15 ވަނައިގައެވެ. 3 މެޗުން ޕީއެސްޖީ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު