ޗެޓް ޖީޕީޓީ ބޭނުން ކުރަނީ-
ޗެޓް ޖީޕީޓީ ބޭނުން ކުރަނީ-
ޗެޓް ޖީޕީޓީ އަކީ އުފެއްދުންތެރިކަމުގެ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގެ އިތުރުން މައުލޫމާތު ހޯދާ ވަސީލަތެއް ގޮތުގައި ކުރިއަރަމުން އަންނަ އޭއައި އެޕެކެވެ. އަދި މިއީ ވާހަކަދައްކާ ބައިވެރިއެއްގެ ގޮތުގައިވެސް ބައެއް މީހުން ބޭނުން ކުރެއެވެ.

ޗެޓް ޖީޕީޓީ އެންމެންގެ ތެރޭގައި މަގުބޫލު ވަމުން އަންނަ އިރު، މީގެ ސަބަބުން އިންސާނުންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.

މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯ ހިއުމަން ޑިވެލޮޕްމަންޓް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިހާރު މީހުން ވާހަކަ ދައްކަން ފަށާފައިވަނީ ޗެޓްޖީޕީޓީއާ އެއްގޮތަށެވެ. މީގެ ސަބަބުން، ވާހަކަ ދެއްކުމުގެ ތެރޭގައި އޭއައި ޗެޓްބޮޓަކާއި ހަގީގީ އިންސާނެއް ވަކިކުރުން ވަނީ ދަތި ކަމަކަށް ވެފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވެގެން ދިޔަ 18 މަސްދުވަހުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަރާތްތަކުން ޗެޓްޖީޕީޓީ ބޭނުންކުރަމުން އައިސްފައިވާއިރު، މިހާރު ގިނައިން ބޭނުންކުރަނީ "ޖީޕީޓީ ވޯޑްސް" ގެ ގޮތުގައި ފާހަގަކުރެވޭ ބަސްތަކާއި އިބާރާތްތަކެވެ. މިއީ ކުރިން ފާހަގަކުރެވިފައިނުވާ ކަމެއް ކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާގައި ވަނީ އެތައް މިލިއަން އީމެއިލްތަކާއި، މަޒުމޫނުތަކާއި، އެކަޑަމިކް ޕޭޕަރުތަކާއި، ޚަބަރުތައް ޗެޓްޖީޕީޓީއަށް އަޕްލޯޑްކޮށް، އެތަކެތި ރަނގަޅުކޮށްދިނުމަށް އެދިފައެވެ. ދެން އޭއައި ގިނައިން ބޭނުންކުރި ބަސްތައް ވަނީ އެނަލައިޒް ކޮށްފައެވެ. އަދި މި ބަސްތައް ވަނީ 360,000 ޔޫޓިއުބް ވީޑިއޯތަކުންނާއި 771,000 ޕޮޑްކާސްޓް އެޕިސޯޑްތަކުން ޓްރެކްކޮށްފައެވެ.

މީގެ ހޯދުންތަކުން ދައްކާ ގޮތުގައި އިނގިރޭސި ބަހުގައި "ޖީޕީޓީ-ސްޓައިލް ލޭންގުއޭޖް" ބޭނުންކުރުން ފާހަގަކުރެވޭ ވަރަށް ވަނީ އިތުރުވެފައެވެ.

ދިރާސާވެރިން ދެކޭ ގޮތުގައި އޭއައި ޓެކްނޮލޮޖީގައި ހިމެނޭ މުޢާމަލާތުގެ ވައްޓަފާޅި މިހާރު އިންސާނުންގެ ހިތްތަކުގައި ވަނީ އަށަގެންފައެވެ. އަދި ގިނަ ބަޔަކު މިހާރު އޭއައި އަށް ހޭނިފައިވާއިރު، މިއީ އިންސާނުންގެ ސަގާފަތަށްވެސް ބަދަލުތަކެއް ގެނުވަމުންދާ ކަމެއް ކަމަށް ދިރާސާވެރިން ފާހަގަ ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް