ނ. މާފަރު ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ، އެމްޑަބްލިއުއެސްސީންނެވެ. މިޚިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި މަޝްރޫއުގެ ދަށުން މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިން ވަނީ އިމާރާތްކޮށްފައެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
މީގެ އިތުރުން ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިން ވަނީ އަޅާފައެވެ. ހަމައެއާއެކު ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައި ވެއެވެ.
މާފަރު ހިމެނޭހެން 20 ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުއަށް ސަރުކާރުން 1.34 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު