ތުރުކީގެ ރައީސް
ތުރުކީގެ ރައީސް
ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ހަނުހުންނަ ކޮންމެ ފަރާތަކީ އިސްރާއީލްގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އުރްދުޣާން ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ "ނަސްލު މުލުގެ" އަމަލުތައް ހުއްޓުވުމަށާއި ހިޞާރުކޮށްފައިވާ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އިސްރާއީލުން ކުރަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އަޑު އުފުލާނެ ކަމަށާއި، އެމީހުން ކުރަމުންދާ ކަންތައްތައް ނާޒީން ކުރި ކަންތައްތަކަށްވުރެ މާ ބޮޑުވެއްޖެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

އުރްދުޣާން އިތުރަށް ވިދާޅުވީ މި ޖަރީމާތަކާ މެދު ހަނުހުރުމުގެ ސަބަބުން އަދަބު ލިބޭނީ ހަމައެކަނި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ނޫން ކަމަށެވެ. އަދި ހަނުހުންނަ ކޮންމެ ފަރާތަކަށްވެސް އެ އަދަބު ލިބޭނެކަމަށް ވިދާޅުވިއެވެ.

ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ސާފު އިންސާނީ މައުޤިފެއް ނެގުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލައްވަމުން ތުރުކީގެ ރައީސް ވިދާޅުވީ އެތަނުގައި "އިންސާނިއްޔަތުކަން މަރުވަމުންދާ" ކަމަށާއި، މިކަމާ މެދު އަޚްލާޤީ މައުޤިފެއް ހުރިހާ ފަރާތްތަކުންވެސް ދައްކަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު