އޮގަސްޓު މަހު ހުޅުމާލެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ގާއިމްކޮށް ހިދުމަތް ފަށާނެ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ސަރުކާރުން އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލްގައިވެސް އައިނު ފިހާރައެއް ގާއިމް ކުރާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް ސަރުކާރުގެ ފަރާތުން އައިނު ފިހާރަތައް ގާއިމްކޮށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވީ އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެެއް ހޯދައިދިނުމުގެ ގޮތުންނެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މެއި މަހުއެވެ.
ރައީސް މިކަން އިއުލާން ކުރެއްވުމާ ގުޅިގެން ދެމަސްދުވަސްތެރޭ އެ ހޮސްޕިޓަލުގައި އެޑްވާންސް މެޝިނަރީތަކާއި، ގިނަ ހިދުމަތްތަކަކާއެކު އައިނު ފިހާރަ ގާއިމްކޮށް މިވަނީ ހުޅުވާފައެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މިހާތަނަށް އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް އާސަންދައިގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އިންޝުއަރެންސެއް ސަރުކާރުން ދިޔައީ ދެމުންނެވެ. އެގޮތުން ފުރަތަމަ ދެމުން ގެންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އެހެންނަމަވެސް މިއަހަރު ޖޫން މަހުން ފެށިގެން އެ އަދަދު ބޮޑުކޮށް، މިހާރު 2000 ރުފިޔާގެ އެހީތެރިކަމެއް ސަރުކާރުން ވަނީ ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު