އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރެއްވި އިބްރާހިމް ނަޒީމް
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރެއްވި އިބްރާހިމް ނަޒީމް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް ޕީސީބީ އިން އައްޔަނު ކޮށްފިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަހްމަދު ޒުހައިރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް ޕީސީބީ އިން ބަދަލުކުރުމާ ގުޅިގެންނެވެ.

ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކަށް ހުންނެވި މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، ޕީސީބީން އަންގައިގެން އޭނާ އިސްތިއުފާ ދެއްވުމުންނެވެ.

އާރްޑީސީން ހުސްވި މަގާމަށް އައްޔަނުކުރި ނަޒީމް މީގެ ކުރިން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ 2023ގެ ނޮވެމްބަރު 21 ގައެވެ.



ކިޔުންތެރިންގެ ހިޔާލު