ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ރައީސްގެ މިދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭން ބޭރަށް ކުރަށްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލުތައް ރައީސް އޮފީހުން ހާމަކުރަށްވަމުންނެއް ނުދެއެވެ.
ރައީސް ޑރ. މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 ގައި އެމަނިކުފާނު ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރަށްވާފައެވެ.
2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

ކިޔުންތެރިންގެ ހިޔާލު