އިންޑިއާގެ ދިރާސާވެރިންނަށް ދުނިޔޭގައި މިހާތަނަށް ފެނިފައި ނުވާ ލޭގެ އައު ވައްތަރެއް 38 އަހަރުގެ އަންހެނެއްގެ ކިބައިން ފާހަގަ ކުރެވިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި އައު ހޯދުން ފެނުނީ އިންޑިއާގެ ކަރްނާޓަކާގެ ކޮލާރުގެ އަންހެނެއްގެ ހިތުގެ އޮޕަރޭޝަނަކަށް ތައްޔާރު ވަމުންދަނިކޮށެވެ. އެގޮތުން އޯ އާރްއެޗް ޕޮޒިޓިވްގެ ގޮތުގައި ދެނެގަނެވިފައިވާ އޭނާގެ ލޭގެ ވައްތަރަކީ ލިބެންހުރި އެހެން އެއްވެސް ލޭގެ ވައްތަރަކާ އެއްގޮތްނުވާ ބާވަތެއްކަން ސާބިތުވިއެވެ.
މި ހާލަތު ދިމާވުމުން ސިއްޙީ މާހިރުންނަށް ގޮންޖެހުމެއް ކުރިމަތިވިއެވެ. އަދި އަވަސް ފިޔަވަޅެއްގެ ގޮތުން އެ އަންހެން މީހާ ރިފަރކުރެވުނީ ރޮޓަރީ ކްލަބް އޮފް ބެންގަލޫރު ޓީޓީކޭ ބްލަޑް ބޭންކަށެވެ. މިއީ އިމިއުނޯހެމަޓޮލޮޖީގެ ދާއިރާގައި ކުރިއަރާފައިވާ ލޭގެ މަރުކަޒެކެވެ.
އެތަނުން މި މައްސަލަ އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ރެފަރެންސް ލެބޯޓްރީ ފޯ ބްލަޑް ގްރޫޕިންގ އަށް ހުށަހެޅުމުން، މިހާތަނަށް އެއްވެސް މެޑިކަލް ޑޭޓާބޭސްއެއްގައި ރަޖިސްޓްރީ ނުކުރެވި އޮތް އައު އެންޓިޖަނެއް ދެނެގަނެވި، "ސީއާރްއައިބީ" ގެ ނަމުން އެ ލޭގެ ވައްތަރު ގިންތި ކުރެވުނު ކަމަށް ރިޕޯޓުގައި ވެއެވެ.
މި ކުރިއެރުމާ ގުޅޭގޮތުން ރޮޓަރީ ސެންޓަރުގެ ޑރ. އަންކިތު މަތޫރު ބުނީ ބަލިމީހާގެ އާއިލާގެ 20 މެންބަރުން ސްކްރީންކުރުމަށްފަހުވެސް އެމީހުންގެ ސާމްޕަލްތައް އޭނާގެ ލޭއާ ނުގުޅޭކަން ފާހަގަކުރެވުނު ކަމަށާއި، މިއީ މި ހާލަތުގެ ނާދިރުކަން ކަށަވަރުކޮށްދޭ ހެއްކެއް ކަމަށެވެ.
މި ހޯދުމަކީ ދުނިޔެއަށް މުހިންމު ކުރިއެރުމެއް ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.
ލޭގެ ނާދިރުކަން ކުރިމަތިވިނަމަވެސް އެމީހާއަށް ލޭއަޅަން ނުޖެހޭ ގޮތަށް އޮޕަރޭޝަން ކުރިއަށް ގެންގޮސް ފަރުވާތެރިކަމާއެކު ނިންމާލެވުނު ކަމަށް ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު