ދުންފަތުގެ ބާވަތްތައް ވިއްކުމަށް މިހާތަނަށް 209 ތަނަކަށް ލައިސެންސް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސެންސް ދޫކުރުމަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 17 ގައި ހަމަވެފައިވާ ކަމަށެވެ. އަދި ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު މި ވަގުތަށް 209 ތަނަކަށް ލައިސެންސް ދޫކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން އެ މުއްދަތު ހަމަވިއިރު ކެފޭ، ރެސްޓޯރަންޓު ހިމެނޭ ގޮތަށް ދުންފަތުގެ ލައިސެންސަށް 767 ފަރާތަކުން އެދިފައިވާއިރު، އޭގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، ސިނގިރޭޓު ވިއްކުމުގެ ލައިސެންސަށް އެދި ހުށައެޅި 608 ފޯމާއި، ޓޮބޭކޯގެ އާ އުފެއްދުމުގެ ރަޖިސްޓްރޭޝަނަށް އެދި ހުށައެޅި 15 ފޯމާއި، ޓޮބޭކޯ އިމްޕޯޓު ކުރުމުގެ ލައިސެންސަށް އެދި ހުށައެޅި 28 ފޯމާއި، ޓޮބޭކޯ ރޯ-އެކްސްޕޯޓު ލައިސެންސަށް އެދި ހުށައެޅި އެއް ފޯމެވެ.
އޭގެ އިތުރުން އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާތީ 244 ފޯމެއް ކެންސަލްކޮށްފައިވާއިރު، އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ހުރުމުން 177 ފޯމު ވަނީ ހިފަހައްޓާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި، ރީ އެކްސްޕޯޓް ކުރުމަށާއި، ރާއްޖޭގައި ވިއްކުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރި ކުރުމާ ގުޅޭގޮތުން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި، އިމްޕޯޓުކުރުމުގެ ލައިސަންސާއި، ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނޭ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަވާއިދު ބުނާގޮތުން ލައިސަންސް ދޫކުރާނީ ފަސް އަހަރުދުވަހުގެ މުއްދަތަށް، ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ. އަދި ލައިސެންސާއި، ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރުނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އިތުރުވާ ކޮންމެ ފަހަރަކަށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު