އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި އެތެރެކުރެވޭނެ ހުރިހާ މަގެއް ބަންދުކުރުމާ ގުޅިގެން ޣައްޒާގައި ކޮންމެ ތިން މީހަކުން އެކަކު ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ބުނެފިއެވެ.
ޔަހޫދީން ޣައްޒާގައި ކުރިއަށްގެންދާ ނަސްލު ނެތިކޮށްލުމުގެ ހަނގުރާމައިގެ ސަބަބުން ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ، ޔުނިސެފް އިން ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.
ޔުނިސެފްގެ ހިއުމެނިޓޭރިއަން އެކްޝަން އެންޑް ސަޕްލައި އޮޕަރޭޝަންސްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރ ޓެޑް ޗައިބަން ބުނީ ޣައްޒާގައި ތިބި ތުއްތު ކުދިންނަށް ކާންދެވޭނެ ވަރުވެސް އައްޒާގައި މިހާރު ނެތް ކަމަށެވެ.
އަދި ޣައްޒާގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން "ބަނޑުހައިހޫނުކަމުގެ ހައްދު" ފަހަނަޅައި ގޮސްފައިވާ ކަމަށްވެސް ޗައިބާން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ ޣައްޒާގެ ހާލަތަށް އަވަސް ހައްލެއް ހޯދައި ނުދެވިއްޖެ ނަމަ ކުށެއް ނެތް އެތައް ބަޔަކު ބަނޑުހައި ހޫނު ކަމުގައި މަރުވެގެން ހިނގައިދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު