މުޙައްމަދު އަސްބާހު އަލީ ނަސީރު
މުޙައްމަދު އަސްބާހު އަލީ ނަސީރު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއްގެ މަޤާމަށް މިއަދު ބަދަލުކޮށްފިއެވެ.

އެޗްޑީސީން މިއަދު ވަނީ ޑީއެމްޑީގެ މަގާމަށް އަސްބާހު އައްޔަނު ކުރުުމުން މަރުހަބާ ކިޔާފައެވެ. އޭގެ އިތުރުން އަސްބާހުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އާރުޑީސީގެ ޑީއެމްޑީގެ މަގާމަށް ޑިސެމްބަރު، 2023 ގައި އައްޔަން ކުރެއްވި އަސްބާހު އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އާރްޑީސީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް ބަދަލުކޮށްފައިވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.

ޒުހައިރުގެ ބަދަލުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަަށް ހަމަޖެއްސީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް