ޒުވާން އުމުރުގައި ނުރަޖެހުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. މިއީ ނަފްސާނީ ގޮތުންވެސް ބައެއް މީހުންނަށް އަސަރުކުރާ ކަމެކެވެ. މިކަން ހުއްޓުވުމަށް ނުވަތަ ލަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުރެއެވެ.
މިކަން ހުއްޓުވަން ބޭނުންވާނަމަ މީގެ ފަހަތުގައި ސިއްހީ މައްސަލައެއް އޮތްތޯ ބެލުމަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ޒުވާން އުމުރުގައި ނުރަޖެހުމުގެ އެންމެ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ މެލަނިން އުފެއްދުމުގެ ނިޒާމަށް އަންނަ ބަދަލުތަކެވެ. މީގެ އިތުރުން ހަށިގަނޑުން ވިޓަމިން ބީ12 އާއި ދަގަނޑު އަދި ޒިންކްގެ މިންވަރު މަދުވުމުންވެސް ޒުވާން އުމުރުގައި ނުރަ ޖަހަން ފަށައެވެ.
ހަމުގެ ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ނުރަތައް ފޮރުވަން ބޯ ކަޅުކުރަން ބޭނުންކުރާ ކަޅު ހީނާފަތް ޕެކެޓްތަކުގައި ހުންނަ އެމޯނިއާ ކެމިކަލުން އިސްތަށިގަނޑަށް ދުރު މުސްތަގުބަލުގައި ގެއްލުންވާނެއެވެ. އަދި އިސްތަށިގަނޑު ކުރަކިވެސް ވާނެއެވެ. އެހެންވެ މިކަން ނުކުރުމަށް ޑޮކްޓަރުން ލަފާ ދެއެވެ.
ބޮލުގައި ހުންނަ ނުރަތައް ނުއުފުރުމަށްވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. އިސްތަށިތައް އުފުރީމަ ހަމަ ބޮލުގެ ހަންގަނޑުގައިވާ ފަށަލައިގެ އެހެން ތަންތަނަށްވެސް ވާންވެ، އިތުރު ފޮލިކަލްސް އިން ނުރަ އިސްތަށި ނިކުންނަން މެދުވެރިވާނެއެވެ. އެހެންވެ އިސްތަށިގަނޑަށް ނުބައި ބަދަލެއް އަންނަކަން ފާހަގަވެއްޖެ ހާލަތެއްގައި އާންމުކޮށް ބޭނުންނުކުރާ ގުދުރަތީ ތެލެއް ނުވަތަ ހާބަލް ޝެމްޕޫއެއް އުނގުުޅުމަކީ ރަނގަޅު ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ނުރަޖެހުން މަދުކުރުމަށް އިންޑިޔާގައި އާޔުރްވެދިކް ފަރުވާތައް ހޯދައެވެ. އޭގެ ތެރޭގައި އާމްލާ ތެލުން ބޯ މަސާޖް ކުރުން ހިމެނެއެވެ. އާމްލާ ތެލުގެ ތެރެއަށް އޯބަތް ޕައުޑަރު އަޅައިގެން ރޭގަނޑުން ފެށިގެން އިރުއަފަންދެން މި ތެޔޮ ބޮލުގައި ހާކާފައި ބަހައްޓަން ޖެހެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ރަނގަޅަށް ބޯ ދޮންނަން ޖެހޭނެއެވެ. އެންމެ ރަނގަޅު ނަތީޖާއެއް ފެންނާނީ މި ޓްރީޓްމެންޓު ހަފްތާއަކު ދެފަހަރު ނެގުމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޒުވާން އުމުރުގައި ނުރަޖެހުމަކީ ފަރުވާ ހޯދިދާނެ އަދި ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. އެކަށީގެންވާ ފަރުވާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ރަނގަޅު ބަދަލުތަކާއެކު، ނުރަޖެހުން ލަސްކުރެވިދާނެ އެވެ. އެހެންކަމުން، މިކަމާ ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު