ރަޝިއާއިން ތެޔޮ ގަންނާތީ އިންޑިއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ދައްކަން ޖެހޭ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އޯޑަރެއްގައި ބުނީ އިންޑިއާ ސަރުކާރުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް ރަޝިއާއިން ތެޔޮ ގަންނަ ކަމަށެވެ.
އެހެންކަމުން އިންޑިއާއަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ 25 ޕަސަންޓުގެ ޓެރިފް އިތުރު 25 ޕަސަންޓަށް ބޮޑުކޮށް، ޖުމްލަ 50 ޕަސަންޓުގެ ޓެރިފެއް ނަގަން މިހާރު ނިންމާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އަދި މި ޓެރިފް ތަންފީޒު ކުރަން ފަށާނީ 21 ދުވަސް ފަހުން ކަމަށްވެސް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާއަކީ އެމެރިކާއާ ވިޔަފާރި ގޮތުން ވަރަށް ބަދަހި ގައުމެކެވެ. އެކަމަކު އެމެރިކާއިން އިންޑިއާއަށް ޓެރިފް ބޮޑުކުރުމާ ގުޅިގެން އެ ވިޔަފާރީގެ ގުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަސަރުކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު