ރާއްްޖޭގެ ދަރަނީގެ ހާލަތު ރައްޔިތުންނަށް ސާފުކޮށްދޭން، އެ ޕާޓީގެ ކަމާގުޅޭ ބޭފުޅުންނާ އެކު ބަހުސަކަށް ވަޑައިގަތުމުގެ ދައުވަތު އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވައިފި އެވެ.
ފައްޔާޒު މި ދައުވަތު ދެއްވާފައިވަނީ މިސަރުކާރުން ކުރީ ސަރުކާރަށް ދަރަނީގެ މައްސަލަތަކާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ މައިގަނޑު މެނިފެސްޓޯއަކަށް ވެފައިވަނީ "ކުރީ ސަރުކާރު" ކަމަށެވެ. އެގޮތުން ކޮންމެ ކަމަކުން ރެކެން ކުރާ ކަމަކީ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު މި ދޭތެރެއަކުން ވެސް ދަރަނީގެ ވާހަކަތައް ދައްކަވާފައިވާ ކަމަށާއި، އެ ވާހަކަތަކަކީ "ކޮންމެ ފަހަރަކު ދޮގުހަދައިގެން" ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެއީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޕްރެޝަރު އަންނަ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ ބޮލަށް ޖެހުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.
"ކުރީ ސަރުކާރުގެ ބޮލަށް ޖެހުމުގެ ގޮތުން މި ވާހަކަތައް ދައްކަމުން މިދަނީ ކޮރަޕްޝަންގެ ވާހަކަ ވެސް ހަމަ އެހެން. އަޅުގަނޑުމެން އެތައް ފަހަރަކު މި ވާހަކަތައް އެބަ ސާފުކޮށްދެން. އެހެން ނަމަވެސް ދެ މަހެއް ވަރު ފަހުން އަނެއްކާވެސް މި ބޭފުޅުން އަރައި މި ވާހަކަ ދައްކަން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް އެބަ ކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
މި ކަންކަން މިހެން ހުރުމުން، މިއަދުގެ އިކޮނޮމިކް މިނިސްޓަރާއި މާލީ ވަޒީރަށް ފައްޔާޒު ގޮވާލެއްވީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ނުވަތަ މީޑިއާގެ ކުރިމައްޗަށް ނުކުމެ، އޭނާއާއި ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު ދަރަނީގެ ވާހަކަ ވަރަށް ރަނގަޅަށް ދައްކާލުމަށް ބަހުސަކަށް ވަޑައިގަތުމަށެވެ.
"ކެރިވަޑައިގަންނަވަންޏާ ވަޑައިގަންނަވާށޭ. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަރަނީގެ ކަންތަކުގެ ވާހަކަ ދައްކަދޭނަމޭ އިނގޭތޯ. އެހެންވީމާ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އޭނާގެ ޕާޓީގެ ފަރާތުން މި ބޭފުޅުންނަށް ރަސްމީ ދަޢުވަތު އަރުވާނެ ކަމަށާއި، އެ ބޭފުޅުން ބޭނުން ތަނެއްގައި، ބޭނުން ވަގުތެއްގައި، އަދި ބޭނުން އެޑްވައިޒަރުންނަކާ އެއްކޮށް ދަރަނީގެ ހާލަތާއި، ކޮރަޕްޝަންގެ ކަންތައްތަކާއި، ހައުސިންގެ ވާހަކަތަކާ ބެހޭ ގޮތުން ބަހުސްކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. މި ބަހުސްގައި ކުރީ ސަރުކާރުގެ މި ކަންކަމާ ހަވާލުވެ ތިބި ބޭފުޅުން ބައިވެރިވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު