ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިފައި، އެ ސިޓީ ނަގަން ނިންމި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްވެރިކުރައްވައިފިއެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމަށްފަހު ނަތަންޔާހޫގެ އޮފީހުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ހުއްދަ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ ކޮންޓްރޯލް ނެގުމަށް ނިންމި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

އަދި މިފަދަ ކޮންމެ އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ސީދާ ހިލާފުވުން ކަމަށާއި، އަދި އެއީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް ބޮޑު ހުރަހެއް އެޅޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ނިންމުމަކީ ފަލަސްތީނުގެ ގަދީމު ސަރަޙައްދުތަކުގައި ކެކުޅުން އިތުރުކުރާނެ ކަމެއް އެކަނި ނޫން ކަމަށާއި، މިއީ ދެމިތިބުމާއި އަމާންކަމަށާއި ސަރަޙައްދީ ހަމަޖެހުމަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ދިވެހިރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ތާއީދު އަލުން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ޣައްޒާގެ ކޮންޓްރޯލް ނެގުމަށް ނުވަތަ ފަލަސްޠީނުގެ އިދާރާ އާއި ސިޔާދަތީ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އިސްރާއީލުން ޣައްޒާ އިތުރަށް ކޮންޓްރޯލްކުރުމަށް ރާވާފައިވާ ރޭވުން ތަންފީޒުވިޔަ ނުދިނުމަށާއި، ފަލަސްތީނުގައި ޔަހޫދީން ހިންގާ އުދުވާނުތައް ހުއްޓުވުމަށާއި، ފަލަސްތީނު ސަރަޙައްދުތަކުގައި ހިންގާފައިވާ ހުރިހާ ހިލާފުވުންތަކަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށް ރައީސް ވިދާޅުވިއެވެ.



ޔަހޫދީންގެ މި ނިންމުމާއި ދެކޮޅަށް ގިނަ ގައުމުތަކުން ދަނީ އަޑު އުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް