މޫނުގެ ހަންގަނޑު ރީތިކޮށް، ޒުވާންކަން މަތީ ދެމެހެއްޓުމަށް މޫނުގައި އެކި ވައްތަރު ވައްތަރުގެ ސްކްރަބްތައް އުނގުޅުމަކީ ވަރަށް ގިނަ މީހުން މިހާރު ކުރާ ކަމެކެވެ. ހަންގަނޑު ރީތިކުރުމަށް އުނގުޅާ ޤުދުރަތީ ބާވަތްތަކުގެ ތެރެއިން ކޮފީ އަކީ ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. މިފަހަރު މި ހިމަނާލަނީ ކޮފީ އިން ހަންގަނޑަށް ކުރާ ބައެއް ފައިދާތަކެވެ.
ހަންގަނޑު ތާޒާކޮށްދިނުން
ކަމަކާ ނުލައި ވެސް އަބަދު މޫނުމަތިން ވަރުބަލިކަން ފެންނަނަމަ، އެއީ ހަންގަނޑުގެ މައްސަލައަކަށް ވެދާނެއެވެ. ކޮފީ މާސްކު ބޭނުންކުރުމުން ހަންގަނޑު އެކްސްފޮލިއޭޓް ކޮށްދީ، މޫނުމައްޗަށް ތާޒާކަން ގެނެސްދެއެވެ. އަދި ވަރުބަލިކަމަށް ފެންނަ ފެނުން ފިލައިގެން ދާނެއެވެ.
ބިހިނެގުން ހުއްޓުވައިދޭ
ޤަވާއިދުން މޫނުގައި ކޮފީ އުނގުޅާނަމަ، ބިހިނެގުމުން މީހާ ރައްކާތެރިކޮށްދެއެވެ. އެއީ ކޮފީގައި ހިމެނޭ އެންޓި-ފްލެމޭޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުންނެވެ.
ދުވަސްވުމުގެ އަލާމަތްތަކުން ދުރުކޮށްދޭ
މީހާގެ އުމުރުން ދުވަސްވާރަކަށް މޫނުމަތިން ވެސް އެކަން ފާޅުވެއެވެ. ނަމަވެސް ހަންގަނޑާމެދު ރަނގަޅަށް ފަރުވާ ބަހައްޓާނަމަ، ދުވަސްވުމުގެ ބޮޑެތި އަލާމަތްތަކާ ދުރުކޮށްދެއެވެ. އޭގެތެރޭގައި ރޫޖެހުން ހިމެނެއެވެ. ކޮފީ އަކީ ދުވަސްވުމުގެ އަލާމަތްތަކާ ދުރުކޮށްދޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު