ހަމާސް އަށް ޣައްޒާގައި ތިބުނުގެ ފުރުސަތެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ޓްރަމްޕު މިހެން ވިދާޅުވީ އެމެރިކާގެ މީޑިއާއަށް ދެއްވި ކުރު އިންޓަވިއުއެއްގައި ހަމާސް ގޯސްކޮށް ޓެރަރިސްޓް ޔަހޫދީން ހިންގާ ޖެނޮސައިޑަށް ނުސީދާކޮށް ސަޕޯޓު އޮތްކަން ހާމަކުރަމުން ދެއްކި ވާހަކައިގައެވެ.
އިސްރާއީލުން ޣައްޒާއަށް ދޭން ގަސްތުކުރާ ހޮލޮކޯސްޓްގެ ހަމަލާއަށް ސީދާ ތާއީދެއް ނުދެއްވިއަސް ޓްރަމްޕް ވަނީ ނުސީދާކޮށް ނަތަންޔާހޫ ގެންގުޅުއްވާ ނަސްލު ނައްތާލުމުގެ ސިޔާސަތަށް ތާއީދު ކުރައްވާކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ޓްރަމްޕު ވިދާޅުވީ ހަމާސްގެ ދަށުގައި ތިބި ހަނގުރާމައިގެ އަސީރުން މިނިވަންކުރުމައް ބޮޑު ގޮންޖެހުމެއް އޮތް ކަމަށާއި، މިވަގުތު އޮތް ހާލަތުގައި އެކަން ވާނެކަމަކަށް ނުފެންނަ ކަމަށެވެ.
އަދި އިސްރާއީލުގެ ގިނަ އަސްކަރީ އިސްވެރިން ރާވާފައިވާ އޮޕަރޭޝަނާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އެއީ ހަމާސްގެ ދަށުގައި ތިބި ހަނގުރާމައިގެ އަސީރުންގެ ރައްކާތެރިކަމަށް ވިސްނައި، ރާވާފައިވާ އޮޕަރޭޝަނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އިތުރުވަމުން ދިޔަ ނަމަވެސް، ޣައްޒާގެ އިންސާނީ ހާލަތަށް ރިއާޔަތްކޮށް، ޓްރަމްޕް އިސްކަންދެއްވާފައިވަނީ ނަތަންޔާހޫ ބޭނުން ގޮތަކަށް ޖެނޮސައިޑް ހިންގައި އަމިއްލަ ނިންމުންތައް ނިންމުމުގެ މިނިވަންކަން ދިނުމަށެވެ.
ޓްރަމްޕު ވިދާޅުވީ ނަތަންޔާހޫއާއެކު "ރަނގަޅު" މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ހަމާސްގެ މައި މަރުކަޒުތަކާ މެދު އިސްރާއީލުން ގަސްތުކުރާ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެއާއެކު، ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި، ސްޕެއިންގައި އެމެރިކާގެ މަންދޫބާއި ގަތަރުގެ ބޮޑުވަޒީރު ބައްދަލުކޮށް، ހަނގުރާމަ ނިންމާލުމާއި ރަހީނުން ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު